ރޯދަ މަހު ޓްރީ ޓޮޕް ހޮސްޕިޓަލުން އަދި ޓީޓީއެޗް ކްލިނިކުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

Advertisement
ޓްރީ ޓޮޕުން ބުނި ގޮތުގައި، ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އޯޕީޑީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ؛
- ހެނދުނު: 10:00 އިން މެންދުރުފަހު 15:00 އަށް
- ރޭގަނޑު: 20:30 އިން 23:00 އަށް
ކްލިނިކްތަކުގެ ގަޑިތަކަށް ބަދަލު އައި ނަމަވެސް، ހޮސްޕިޓަލުގެ އެމަޖެންސީ ރޫމް (އީއާރު) އިން 24 ގަޑިއިރު މެދުނުކެނޑި ފަރުވާގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެހެނިހެން ހިދުމަތްތައް ލިބޭނެ ގަޑިތައް:
- ރޭޑިއޮލޮޖީ - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ރިހެބިލިޓޭޝަން - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ޑައިގްނޯސްޓިކްސް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ލެބޯޓަރީ - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ފެމެލީ ކްލިނިކް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 17:00 އަށް. އަދި 20:30 އިން 00:00 އަށް
- ޓީޓީއެޗް މާލޭ ކްލިނިކް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 10:00 އިން 15:00 އަށް. އަދި 20:30 އިން 23:00 އަށް
- ޑަޔަލަސިސް - ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ 08:00 އިން 17:00 އަށް
އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގެ ހިދުމަތްތައް 24 ގަޑިއިރު ލިބެން ހުންނާނެ އެވެ.