އެ ދަރަހްއްދު ބަލަހައްޓާ އެމްޕީއޭލުން ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަު ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް ރޭ 23:00 އިން ފެށިގެން ހުޅުވާލާފައިވާކަަމަށެވެ.
އަދި މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމުގައިވެސް
އެމްޕީއެލުން މީގެކުރިން ބުނެފައިވަނީ އެ ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ. އަދި އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނިކަމަށާއި އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތަކުން ފީ ނަގާނެކަމަށެވެ.
ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން ފީއެއްގެ ގޮތުގައި ނަގަނީ މާލޭ އެއްގަމުތޮށިން ބޯޓުގެ ފުޅާމިނަށް މީޓަރަކަށް 50 ލާރި ހުރަސްތޮށިން އަދި ބޭރުތޮށިން އުޅާނދުގެ ފުޅާމިނުގެ މީޓަރަކަށް 1 ރުފިޔާއެވެ. މި އުސޫލުން މާރުކޭޓް ސަރަހައްދާއި ހަމައަށް އުޅަނދުތަކުން ފީ ނަގާނެކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މަސްދޯނި ފަހަރުން ފީއެއް ނުނަގާނެކަމަށާއި ފީ ނަގާނީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން އެކަނި ކަމުގައި އެމްޕީއެލުން ބުނެފައެވެ.