ނަވީން ފޭސްބުކްގައި ބުނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދިވެސް އެގޮތަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.
ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހުއެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވާފައިވެ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.
ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.