ފުލުހުން ބުނީ، އުޅަނދުތައް ނެގުމަށް އެންގީ މިސްކިތްތަކަށް އަންނަ ފަރާތްތަކަށް އެ ސަރަޙައްދަކީ، ފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކަމަށެވެ.
މީގެއިތުރުން، ރޯދަ މަހަކީ އަޅުކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މަހަކަށް ވެފައި، މި ދުވަސްވަރު މިސްކިތްތަކަށް ދާ މީހުންގެ އަދަދު އިތުރުވެގެންދެ އެވެ. އެހެންކަމުން، ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު އުޅަނދުތައް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރޯދަމަހާ ދިމާކޮށް މި ތަކެތި ނަގަން ފުލުހުން އެދިފައިވާއިރު ދޭތެރެ ދޭތެރެެއިން ފުލުހުން އަންނަނީމިގޮތަށް ގިނަދުވަސް ވަންދެން ޕާކުކޮށްފައިވާ ސައިކަލާއި ކާރުގެ އިތުރުން ޕިކަޕު ވެސް ޓޯކުރަމުންނެވެ.