މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އިސްލާމީ ކަންތައްތަކާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މިސްކިތް ހުޅުވާފައިވަނީ، މިއަދު އަސްރު ނަމާދުގެ ވަގުތާ ދިމާކޮށެވެ. އަދި މިސްކިތް ހުޅުވުމަށްފަހު އެ މިސްކިތުގައި ވަނީ ނަމާދުކޮށްފަ އެވެ.
ތިން ބުރިއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ 1400 މީހުންގެ ޖާގަ އޮންނާނެ އެވެ.
ބަރުބަރީ މިސްކިތް ތަޅާލައި، އެ ބިމުގައި ތިން ބުރީގެ އާ މިސްކިތެއް އަޅަން "އަލިސާފު" ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 2024 ގަ އެވެ.
އިސްލާމިކް މިނިސްޓަރު މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމަށެވެ.