ads
އެސްއެމްއީ ޑިޖިޓަލްގެ ހުރިހާ ލޯނެއް އިސްލާމީ އުސޫލަށް ބަދަލުކޮށްފި
އެސްއެމްއީ ޑިޖިޓަލްގެ ހުރިހާ ލޯނެއް އިސްލާމީ އުސޫލަށް ބަދަލުކުރަނީ
ޝަރީޢާގެ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް އެސްއެމްއީ ޑިޖިޓަލް ބަދަލުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހައި ލޯނެއް ޝަރީއާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް ހުޅުވާލައިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފި އެވެ.
Advertisement

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ އެސްއެމްއީ ޑިޖިޓަލް އިން ބުނީ މާލީ ހިދުމަތްތައް އިސްލާމީ އުސޫލުގެ ތެރެއަށް ފެެއްތުމުގެ މަސައްކަތް ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ފަށާފައިވާ އިރު، އެ މަސައްކަތުގެ ތެރެއިން މިހާރު އެ ކުންފުނިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކު ރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވައިލީ، އެކި ސަބަބުތަކާ ހުރެ ލޯނު އަނބުރާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އެ ފުރުސަތުގައި ލޯނުތައް އިސްލާމީ އުސޫލާ އެއްގޮތް މާލީ ހިދުމަތަކަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކެއްގެ ލޯނުތައް ޝަރުއީ މިންގަނޑަށް ފެތޭ މާލީ ހިދުމަތްތަކަށް މިހާރު ބަދަލުކުރެވިފައި ވާނެ ކަމަސް ވެސް ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ އެތަނުން ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމީ އުސޫލުން ދޭ މާލީ ހިދުމަތަކަށް ބަދަަލުކުރުމުގެ ފުރުސަތު ހުޅުވައިލުމުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއިން އިތުރަށް ބުނީ މިހާތަނަށް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްއިން ރީފައިނޭންސިންގ އޮފާ މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ފަށާފައިކަމަށެވެ. 

އަދި ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ އޮފާ ގަބޫލުކުރުމުންކަމަށާއި އޮފާ ފޮނުވުމަށްފަހު، ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް