ads
ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު މިއަދު ހުޅުވުން
ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު ހުޅުވައިފި
ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހާއްސަކޮށް މާލޭގައި ހެދި ވަގުތީ މާރުކޭޓު މިއަދު ހުޅުވައިފި އެވެ.
Advertisement

ރޯދަމަހު ދިވެހި ދަނޑުވެރިން އުފައްދާ އުފެންދުންތައް ވިއްކަން ހެދި މި މާރުކޭޓު ހުންނަނީ ނޯތު ހާބަރުގައި ކުރީގެ "ޝޮޓް ކެފޭ" ހިންގި ތަނުގަ އެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށްވެސް މިތަން ހުޅުވިފައި ހުންނާނެކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެ އެވެ.

މި މާރުކޭޓަކީ، ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއްކަން ސަރުކާރުން ބުނެ އެވެ. ކޮންމެ އަހަރެއްގެވެސް ރޯދަ މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުމަތި ފެންނަނީ ވަރަށް ތިޔާގިކޮށެވެ. އާންމުކޮށް ކެއުމަށް ބޭނުންކުރާ ހުރިހައި ބާވަތްތަކެއްގެ ބޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް ބާޒާރުގައި ލިބެން އެބަހުއްޓެވެ. 

ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި މިރުހުގެ އަގަށް ބަލާލާއިރު 100ގްރާމް މިރުސް ލިބެންހުރީ 45 ރުފިޔާއަށެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ބަލާއިރު ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ.

އެގޮތުން ލުނބޯ ކިލޯއެއް މީގެ ހަފުތާއެއް ކުރިން 40 ރުފިޔާއަށް ވިއްކިއިރު، މިއަދު ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ. އަދި 20 ރުފިޔާއާއި 30 ރުފިޔާއާ ދެމެދު ކުރުނބާ ވިއްކަމުން ދިޔައިރު، މިއަދު ކުރުނބާގެ އަގު އުޅެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ދިވެހި އަނބު ކިލޯއެއް އުޅެނީ 120 ރުފިޔާއަށެވެ. އަދި އަލަނާސި ގަނޑެއް 60 ރުފިޔާއަށް ވިއްކާއިރު، އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށެވެ. މީގެ އިތުރުން ބާޒާރުގައި ކެރެޓު ކިލޯއެއް މިއަދު އުޅެނީ 40 ރުފިޔާއަށެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް