އެތަނުގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ފުނަދޫގައި މި ސެންޓަރު ބިނާކުރުމަށް ހަމަޖެހިފައިވަނީ 17,500 އަކަފޫޓުގެ ބިމެއްގަ އެވެ. ދެ ފަންގިފިލާއަށް އިމާރާތްކުރާ މި މަރުކަޒުގައި ތަފާތު ފަންނުތަކުން އަމަލީ ތަމްރީނު ދިނުމަށްޓަކައި މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި ޒަމާނީ ވަސީލަތްތަކާއެކު އައިސީޓީ ލެބޯރެޓަރީއެއްގެ އިތުރުން ކްލާސް ރޫމްތައް ހިމެނޭނެ އެވެ.
މީގެއިތުރުން، އިދާރީ މަސައްކަތްތަކަށް ހާއްސަ ބަޔަކާއި ލައިބްރަރީ އަދި ސްޓަޑީ ރޫމްތައް ފަދަ ތައުލީމީ މަރުކަޒަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް މި ސެންޓަރުގައި ގާއިމުކުރެވޭނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފުނަދޫގައި އަންނަނީ ގައުމީ ޔުނިވަސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހަކާއި ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.