ads
އާ ޑޮމެސްޓިކް ޓާމިނަލް
ގިނަ ޗެކިން ކައުންޓަރުތަކާއި އެކު ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް
ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

ޑޮމެސްޓިކް ޓާމިނަލް ބަދަލުކޮށް އެތަނުން ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއެވެ.

ޑޮމެސްޓިކް ޓާމިނަލް ބަދަލުކޮށްފައިވަނީ ޓާމިނަލް 2 އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހުއެވެ. އެގޮތުން ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ބޭނުންކުރަމުން ދިޔަ 8 ޗެކިން ކައުންޓަރުގެ ބަދަލުގައި ޓާމިނަލް 2ގައި 27 ކައުންޓަރު ވަނީ ބެހެއްޓިފައެވެ. އަދި ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިނާއި ހަ ޑިޕާޗާ ގޭޓު ވަނީ ބޭނުންކުރަން ފަށާފައެވެ. 

your imageޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމުގެ ތެރެއިން

މީގެއިތުރުން ޑޮމެސްޓިކް ޓާމިނަލްގެ ބެގޭޖު ބެލްޓަށް ވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި އެފްއެންޑްބީ ތިން އައުޓްލެޓްވެސް އާ ޑޮމެސްޓިކް ޓާމިނަލުގައި ހުރެއެވެ. އަދި ދެ ޖިންސުންގެ މީހުންނަށް ވަކިން ނަމާދު ކުރެވޭ ގޮތަށް ދެ ކޮޓަރިވެސް ވަނީ ގާއިމުކޮށްފައެވެ. 

ރާއްޖޭގެ އެކި ހިސާބުތަކަށް އެތެރޭގެ ދަތުރުތައް މިހާރު ކުރަމުން އަންނަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ވިލާއިންނާއި މަންޓާއިންނެވެ.

your imageޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން


ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ހުޅުވިތާ އަހަރެއްގެ ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. 

your imageޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުން

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް