ads
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު
ޕީއެންސީން 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ: ފަލާހު
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މާފަންނުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބަށް ކުރިމަތިލާފައި އޮތީ މައިގަނޑު ދެ ޕާޓީއެއް ކަމަށާއި އަޑުގަދަކޮށް އުޅުނު ޕާޓީތަކުންވެސް ކެނޑިޑޭޓުން ނުނެރޭ ކަމަށެވެ.

"ޕީއެންސީގެ ކެންޑިޑޭޓުންނަކީ، ޕީއެންސީން ޓިކެޓު ދީގެން ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުން. ޕީއެންސީގެ އެއްވެސް ކެންޑިޑޭޓެއް އަމިއްލަ ގޮތުން ކުރިމަތިލާފައި އަދި އެހެން ޕާޓީއަކުން ކުރިމަތިލާފައެއް ނުހުންނާނެ. އެގޮތަށް އެ އަޑު ފަތުރާ ހުރިހާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް، އަޅުގަނޑުމެންގެ ހިސާބުތަކުން ދައްކާ ގޮތުން، މި ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރާނެ " ފަލާހު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދި ޕީއެންސީއަށް ވެސް މުހިއްމީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ، 69 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް