ads
ބްރައިޓް މައިންޑްސްގެ ވެރިޔާ އަލީ އަފްލަހު.
ޖިންސީ ގޯނާގެ ތުހުމަތުގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި
ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ އަލީ އަފްލަހު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
Advertisement

އަފްލަހުގެ ނަން ހާމަނުކޮށް ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ސްކޫލް ކުދިންނަށް ޓިއުޝަންގެ ހިދުމަތްދޭ ބްރައިޓް މައިޑްގެ ވެރިޔާ އަފްލާހެވެ. އޭނާ ހައްޔަރުކުރީ އިންޑިއާގައި އުޅުމަށް ފަހު، ރާއްޖެ އައުމާ އެކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަން ވެސް އެނގިފައި ވެއެވެ.

އޭނާ އަށް ތުހުމަތު ކުރަނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރުން ކަން ވަނީ އެނގިފަ އެވެ. އަނިޔާގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ ކުއްޖާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފަ އެވެ. 


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް