ads
ދިއްފުށްޓަށް ދިޔަ އަންހެން ފަތުރުވެރިޔާ އިސްލާވެ ޝަހާދަތް ކިޔަނީ
49 އަހަރުގައި ރާއްޖެ އައީ ޗުއްޓީ، އިސްލާވެ ނަން ޖަމީލާއަށް
ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އަންހެން ފަތުރުވެރިޔަކު އިސްލާމްވެއްޖެއެވެ.
Advertisement

މި ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރަމުން ދިޔަ ކ. ދިއްފުށީ މިސްކިތެއްގައި އޭނާ އިސްލާމްވެ ޝަހާދަތުގެ ދެ ކަލިމަ ކިޔާ ވީޑިއޯ މީހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. 

އެ ވީޑިއޯއިން ފެންނަނީ އުމުރުން 49 އަހަރުގެ މި އަންހެން މީހާ ބުރުގާ އަޅައިގެން ހުންނަ ތަނެވެ. އަދި އޭނާއަށް އެ ރަށުގެ މިސްކިތެއްގެ ތެރޭ ޝަހާދަތް ލައިދޭއިރު ފަރުވާތެރިކަމާ އެކު ޝަހާދަތުގެ ކަލިމަތައް ކިޔާތަނެވެ. 

އެހެންނަމަވެސް މީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ވީޑިއޯއަކުން ނޭނގެއެވެ. 

އިސްލާމް ވުމާއިއެކު މި މީހާގެ ނަން ވަނީ މުސްލިމު ނަމަކަށް ބަދަލުކޮށްފައެވެ. އޭނާގެ ނަމަކީ މިހާރު ޖަމީލާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް