ads
ކުރުނބާ މޯލްޑިވްސް ބޭރުގައި އޮތް ދޯނީގައި ރޯވެފައި އޮތް އިރު ކޯސްޓް ގާޑް އުޅަނދެއް ދޯނި ކައިރީގައި. - ފޮޓޯ: އެމްއެންޑީއެފް
ރޯވި ދޯނީގައި ތިބި ފަސް މީހަކު ފިހިގެން ފަރުވާ ދެނީ
ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރީގައި އޮތް މަސްދޯންޏެއްގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައި، އޭގައި ތިބި ފަސް މީހަކު ފިހިގެން މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
Advertisement

މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރެވެ.

ދޯނީގައި ރޯވި އަލިފާންގަނޑުގައި ދޯނީގައި ބޮޑުބައި އަނދާފައިވާއިރު، ބައެއް މީހުންނަށް އަނިޔާވެގެން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައި ވަނީ މާލެ ގެންގޮސްފަ އެވެ.

ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ، ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ.

ކޯސްޓް ގާޑުގެ އުޅަނދެއް ގޮސް ދޯންޏަށް ފެންޖަހަން ފަށައި މިހާރު ވަނީ އަލިފާން ނިއްވާލައިފަ އެވެ. އެކަމަކު އަދިވެސް ދޯނިން ދުން އަރަ އެވެ. 

ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް