ads
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިން. - ފޮޓޯ/ދިރާގު
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިން އިއުލާންކޮށްފި
މި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ މިދިޔަ މަހުގެ 20 އިން މި މަހުގެ 9ގެ ނިޔަލަށް
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރިން ހޮވައިފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަށް ދިނީ ރެޑްވޭވްގެ 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެވެ. އަދި ދެވަނަ ހަފުތާގެ ނަސީބުވެރިންނަށް ދިނީ ވިލާ މާޓުގެ 5،000 ރުފިޔާގެ ޝޮޕިން ވައުޗަރެވެ. މި ވައުޗަރުތައް ލިބުނު ނަސީބުވެރިންނަކީ:

  • މުހައްމަދު ތޮލާލް - 27 ޖަނަވަރީ
  • މޫސާ ނަސްރު - 28 ޖަނަވަރީ
  • މަރިޔަމް ޝިފްލީން އިސްމާއީލް - 29 ޖަނަވަރީ
  • މޫސާ ފަހުމީ - 30 ޖަނަވަރީ
  • ޒިޔާދު މޫސާ - 31 ޖަނަވަރީ
  • އަހުމަދު ޔޫސައު - 1 ފެބްރުވަރީ
  • ހުސައިން މާހިދު - 2 ފެބްރުވަރީ

މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ވައުޗާ ހޯދުމުގެ ފުރުސަތު ލިބިފައިވެ އެވެ.

މީގެން ކޮންމެ ވައުޗަރަކީ ރާއްޖޭގެ މަގުބޫލު ވަކި ފިހާރައަކުން ނުވަތަ އެއާލައިނަކުން ވިޔަފާރި ކުރެވޭނެ ވައުޗާއެކެވެ. މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވިފައިވާ ނަސީބުވެރިއަކަށް އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން، އަދި ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. 

މީގެ އިތުރުން، މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭ "ވިން 2 ސްޕީޑްބޯޓްސް"' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ކަސްޓަމަރުންނާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ސަބްސްކްރިޕްޝަނެއް ނެގި ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނު ކަމަށް، ދިރާގުން މައުލޫމާތުދެ އެވެ.

ދިރާގުން ބުނީ، ދިވެހީންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރޯދަމަހަށް ޚާއްސަކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް