ads
ފިޠުރު ޒަކާތުގެ ގޮތުގައި ބާސްމަތީ ހަނޑުލުގެ ބާވަތްތަކުން ނަގާ އަގު މައްޗަށް - ފައިލް ފޮޓޯ
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ
މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
Advertisement

ޒަކާތު ހައުސްއިން މިއަދު ކުރި އިއުލާނުގައިވަނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ހަމައަށް އޮންލައިންކޮށް ބަލައިގަންނާނެ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން، މިފެށޭ ރޯދަ މަހު އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ. އެ ހަތް ޕްލެޓްފޯމަކީ:

  • ދިރާގުގެ ދިރާގުޕޭ
  • އުރީދޫގެ އެމްފައިސާ
  • އިސްލާމިކް ބޭންކުގެ ފައިސާމޮބައިލް އެޕާއި ވެބްސައިޓު
  • ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
  • ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
  • އަވަސް އެޕް
  • ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް

ހަމަ އެއާއެކު، އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ ކަމަށާއި، ރޯދަ މަހުގެ ފަހު ދިހައިގައިވެސް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސްއިން ބުންޏެވެ.

އެ އިދާރާގެ އިއުލާނުގައިވާ ގޮތުން، ރަމަޟާން މަހުގެ ފަސްވަނަ ދުވަހުން (ފެބްރުވަރީ 22) ފެށިގެން 20ވަނަ ދުވަހަށް (މާރިޗު 09) ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން މެންދުރު 1:00 އަށް، އަދި ރޯދަ މަހުގެ 21ވަނަ ދުވަހުން (މާރިޗު 10)އިން ފެށިގެން 30ވަނަ ދުވަހަށް (މާރިޗު 19)އަށް، ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00އިން މެންދުރުފަހު 2:00 ޖަހަންދެން ބަލައިގަންނާނެއެވެ.

ރަށްރަށުގައި ނަމަ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންނެވެ.

ޒަކާތު ހައުސްއިން އާންމުކުރި އިއުލާނުގައިވާ ގޮތުން، ފިތުރު ޒަކާތުގެ ގޮތުގައި މިފަހަރު ދައްކަންޖެހޭ ފައިސާގެ އަދަދަކީ:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބަސްމަތީ ހަނޑޫ އާދައިގެ: 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ މޮޅު: 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް