ads
މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އަޅަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އަޅަން އެމްޑަބްލިޔުއެސްސީއަށް
މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އަޅަން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ހަވާލުކޮށްފިއެވެ.
Advertisement
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުހައްމަދު އެވެ.

މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 128 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓާ، 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބަހައްޓާ ފެން ގުޅައިދިނުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ ގާއިމުކުރުމުގެ އިތުރުން މާފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގައިވެސް ނަރުދަމާގެ ނިޒާމު ގާއިމުރާނެކަަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މާފުށީގައި މިހާރު ބޭނުން ކުރަމުން އަންނަނީ 2004 ގައި އެޅި ނަރުދަމާގެ ނިޒާމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް ވެސް ބައިވެރިވިއެވެ. 

ކ.މާފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރު ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދު ވަނީ ޙިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯސްވޭއަކުން ގުޅާލާގޮތަށެވެ. ހިއްކި ސަރަހައްދުން 2000 އަކަފޫޓްގެ 308 ގޯތި ވަނީ ދޫކުރަން ނިންމާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް