ads
ސައިޓް.އޭގައި 137.5 ހެކްޓަރުގެ ބިން ހިއްކާނެ
ރަސްމާލެ ސައިޓް އޭ އިން 116 ހެކްޓަރުގެ ބިން ހިއްކައިފި
ސައިޓް.އޭގައި 137.5 ހެކްޓަރުގެ ބިން ހިއްކާނެ
ރަސްމާލޭގެ ހިއްކުމުގެ މަސައްކަތުގެ ސައިޓް.އޭ ގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެ އެވެ.
Advertisement

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ސައިޓް އޭ އިން 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 116 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. މިއީ މަޝްރޫއުގެ 84 ޕަސެންޓެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ރަސްމާލެ ހިއްކަން ފަށާފައިވަނީ  18ޑިސެމްބަރު 2023ގަ އެވެ.

ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް