ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: އެމްއޭސީއެލް އިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި - ފޮޓޯ/ އެމްއޭސީއެލް
އެމްއޭސީއެލް އިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ކުރި ކެޕިޓަލް ހަރަދު ހަމަޖައްސަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ސްރީލަންކާގެ ބޭންކުތައް ހިމެނޭހެން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފި އެވެ.
Advertisement

މި މުއާމަލާތާ ގުޅޭ ގޮތުން އެމްއޭސީއެލްއިން އާއި ސަރުކާރުން ވެސް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ލަންކާގެ ބައެއް ނޫސްތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުން، އެމްއޭސީއެލްއަށް މި ލޯނު ހަމަޖައްސައިދިނީ ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. 

އެ ލޯން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކް ކަމަށްވާއިރު، އިތުރަށް ހިމެނެނީ ނޭޝަންސް ޓްރަސްޓް ބޭންކާއި ހަބީބް ބޭންކް އޮފް މޯލްޑިވްސްއެވެ.

ލަންކާގެ ޑެއިލީ ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން، އެ ފައިސާ ހަރަދު ކުރާނީ، ވީއައިއޭގެ އާ ޓާމިނަލްގެ ކެޕިޓަލް ހަރަދު އަނބުރާ ދެއްކުމަށެވެ.

ވީއައިއޭގެ އިންޓަނޭޝަނަލް ހުރިހާ ދަތުރެއް މިހާރު ވަނީ، މިދިޔަ 26 ޖުލައިގައި ހުޅުވި އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.

އާ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.  


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް