ads
ރާޖްޕާލް ޔާދަވް ޖަލަށް: ސަލްމާން އާއި އަޖޭ ދޭވްގަން 9 ކްރޯޑް ދައްކައިދެނީ
ރާޖްޕާލް ޔާދަވް ޖަލަށް: ސަލްމާން އާއި އަޖޭ ދޭވްގަން 9 ކްރޯޑް ދައްކައިދެނީ
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ރާޖްޕާލް ޔާދަވް، 9 ކްރޯޑް ރުޕީސްގެ ޗެކް ބައުންސް މައްސަލައެއްގައި ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އިންޑަސްޓްރީގެ ބޮޑު ދެ ތަރިން ކަމަށްވާ ސަލްމާން ހާން އާއި އަޖޭ ދޭވްގަން އޭނާއަށް އެހީތެރިވާން ނިންމައިފިއެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ތަރިން ވަނީ ރާޖްޕާލްގެ ދަރަނި ދައްކައިދީ، އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ފަށާފައެވެ.

މި މައްސަލައަކީ ރާޖްޕާލް އަމިއްލައަށް ޑައިރެކްޓް ކުރި ފިލްމަކަށް ނެގި ލޯނަކާ ގުޅިގެން ދިމާވި މައްސަލައެކެވެ. ފައިސާ އަނބުރާ ނުދެއްކުމުގެ ސަބަބުން ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސަލްމާން އާއި އަޖޭ ދޭވްގަން ވަނީ އެ ފައިސާގެ ބޮޑު ބައެއް ހަމަޖައްސައިދޭނެ ކަމަށް ރާޖްޕާލްގެ ގާތް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

ސަލްމާން ހާން އާއި އަޖޭ ދޭވްގަން އަކީ ރާޖްޕާލްއާ އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ގާތް ދެ އެކުވެރިންނެވެ. މި ދެ ތަރިންގެ މި ދީލަތި އެހީއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައީދުކޮށް، އެމީހުންނަށް ޝުކުރު އަދާކުރަމުންނެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް