މި ވާހަކަފުޅުތައް ބާއްވާފައިވަނީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދަޢުވަތަކަށް ރައީސް މުއިއްޒު އެގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
ޖަރުމަނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި މަޝްވަރާތަކުގައި ރާއްޖެއާ އާއި ޖަރުމަނާ ދެ ޤައުމުގެ ދެމެދު މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅުދެއްކެވި އެވެ.
އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު ވެސް ވަނީ އާކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ކަމަށެވެ.
ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ވެސް ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވި އެވެ.