ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެއީ މާލޭގެ ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއެއް ކަމަށެވެ.
ސުނާމީ ކާރިސާގެ ހަނދާނުގައި ހެދި ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ. އެ ބިނާ މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށް، މިހާރު ހުރި ގޮތަށް މައިޒާނެއް ތަރައްގީކުރީ 2016 ވަނަ އަހަރު އެވެ.
މުއްތަލިބު ވަނީ، އެއީ މާލޭގައި ހުރި އެކިއެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ މަޝްރޫއުއެއްކަންވެސް ފާހަގަކުރައްވާފަ އެވެ.
މާލޭގައި ހިތްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފަ އެވެ. މީގެ އިތުރުން މީހުން އެންމެ ގިނައިން ގޮސް އުޅޭ ރަސްފަންނުވެސް މަރާމާތުގެ މަސައްކަތް ދަނީ ކުރަމުންނެވެ.