ads
ތުއްތު ކުއްޖެއްގެ ޑެންގޫގެ ސަބަބުން އިންފެކްޝަން އުފެދިފަ - ފައިލް ފޮޓޯ
ސަމާލު؛ ޑެންގީއާއި ބޭރަށް ހިންގުން ވަރަށް އިތުރުވެއްޖެ!
މިދިޔަ މަހުގެ ފަހު ތިން ހަފުތާގައި ޑެންގީ ހުމާއި ބޭރަށް ހިންގުން އިތުރުވެ، 6،000އެއްހާ ކޭސް ރިޕޯޓުކުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
Advertisement

މި ދުވަސްވަރު ބަލިތައް އިތުރުވަމުން އަންނައިރު، ސަރުކާރު ހޮސްޕިޓަލުތަކުގައި ކިޔޫތައް ދިގުވުމާއި ޚިދުމަތް ލަސްވާ ކަމުގެ ޝަކުވާތައް ދޭތެރެއަކުން މީހުން ކުރެއެވެ.

ސުކޫލުތައް ހުޅުވިގެން ދުވަސްކޮޅެއް ވެފައިވާއިރު، ސްކޫލު ބަންދުގައި ގިނަ ބަޔަކު ވަނީ އުމްރާއަށް ގޮސްފައެވެ. އާއްމުކޮށް ވެސް ގިނަ ބަޔަކު އުމްރާއަށް ގޮސް, އައުމުން ބަލިތައް ފެތުރޭ މިންވަރު އިތުރުވެއެވެ.

މިދިޔަ ޑިސެމްބަރުގެ ހިސާބުތަކަށް ބަލާއިރު، 28619 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، ބޭރަށް ހިންގުމުގެ 2931 ކޭހެއް އެ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. މި ކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލިތައް ފެތުރޭ ދުވަސްވަރަށް ސާފުތާހިރު ކަމަށް ސަަމާލުވުމަށް ސިއްހީ މާހިރުން އަބަދުވެސް އިލްތިމާސްކުރެ އެވެ. އެގޮތުން، އަތް ދޮވުމާއި މާސްކު އަޅައި، ރައްކާތެރިކަން ކަމުގެ ފިޔަވަޅުތައް އަޅަން އެބޭފުޅުން އިރުޝާދުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް