މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ.
މީގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 1 ޓީބީގެ ޑޭޓާ، ނުވަތަ 10 ޑޮލަރުގެ ސްޕޮޓިފައި ގިފްޓް ކާޑެއް ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1 ޓީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރިލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސްއެމްއެސް ލިބޭނެ އެވެ.
މި ގޮތުން މެސެޖު ލިބޭތާ 3 ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް 3 މަސް ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނި ގޮތުގައ މި ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.