ads
އެމްޓީސީސީން ކުޅުދުއްފުށީގައި ބޭއްވި ވޯކްއިން އިންޓަވިއުގެ ތެރެއިން
އެމްޓީސީސީ ކުޅުދުއްފުށީ އިންޓަވިއުއަށް ބޮޑު ތަރުހީބެއް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ބޭނުންވާ ހޯދުމަށް ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެ ކުންފުނިން ނުނެފިއެވެ.
Advertisement

އެމްޓީސީސީން ކުޅުދުއްފުށީގައި ވޯކްއިން އިންޓަވިއުތަކެއް ބޭއްވި ެއެ ކުންފުންޏަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށެވެ. މި އިންޓަވިއުތައް ކުރިޔަށްދިޔައީ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ކުޅުދުއްފުށި ސިޓީ އާރުޓީއެލް ފެރީ ޓާމިނަލްގައެވެ. 

އެމްޓީސީސީން ބުނީ މި އިންޓަވިއުއަށް އުއްމީދު ކުރިވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. 

މީހުން ނަގަން ނިންމި މަގާމުތައް 

  • ޑްރެޖާ ކްރޫ 
  • ވެލްޑަރު 
  • ޑްރަޖާ ސްޕަވައިޒަރު 
  • ޑްރެޖާ އޮޕަރޭޓަރު ޓްރެއިނީ 
  • ޑްރެޖާ މެކޭނިކް ޓްރެއިނީ 
  • ޓަގް އޮޕަރޭޓަރު
  • ޓަގް އޮޕަރޭޓަރު ޓްރެއިނީ
  • ޓަގް ކްރޫ 

އެމްޓީސީސީން ބުނީ މި އިންޓަވިއުތަކުގެ މައިގަނޑު މަގުސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް