ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދުގެ ހެނދުނު 6:50 ހާއިރުކަމަށެވެ.
މި މީހާ ވެއްޓުނީ މާލޭ ހިޔާ އެކެއްގެ 5 ވަނަ ބުރިންކަން ވަނީ އެނގިފައެވެ. ވެއްޓުނު އުމުރުން 60 އަހަރުގެ މި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.