މާލޭގައި ކެނަބިސް ގަސްތަކެއް ހައްދައި އަދި މަސްތުވާތަކެތި ގެންގުޅުނު މީހާގެ މައްޗަށް، 100 އަހަރުގެ ޖަލު ހުކުމަކާއެކު 400،000ރ. އިންވަނީ ޖޫރިމަނާކޮށްފައެވެ.
އެ މީހަކީ، ނ.ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހުއެވެ. އެ މައްސަލާގައި ޔާސިހުގެ މައްޗަށް ކުރި ހަތަރު ދައުވާ ވެސް ސާބިތުވާތީ ކޮންމެ ދައުވާއެއްގައި 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކޯޓުން ކަނޑައެޅި އެވެ.
އެހެންވެ، ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
މެއި، 2023 ގައި މާލެއިން ކެނަބިސް ގަސްތަކެއް ފުލުހުން އަތުލައިގަތީ މާލޭގެ ގެއެއްގެ ދޮރު ކައިރީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނުމުންނެވެ. އޭރުއްސުރެ ޔާސިހު ހުރީ ބަންދުކޮށްފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.