މިއީ، 2024 ވަނަ އަހަރު ފެމެލީ ކޯޓަށް ފުރަތަމަ ހުށަހެޅި މައްސަލައެކެވެ.
އެއީ، ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިޔާވުމުގެ ކުރިން އަނބިމީހާ ވަރިކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެކަމަކު އެ މައްސަލަ ފެމިލީ ކޯޓުން ކާމިޔާބު ނުވުމުން ދަރިން، ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.
ހައިކޯޓުންވެސް ދަރިންނަށް އެ މައްސަލަ ކާމިޔާބު ނުވުމުން މިހާރު އެ މައްސަލަ ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.