ads
އިޒްރޭލުގެ އާންމުން ފަލަސްތީނު ރައްޔިތުންނަށް ދޭ ހަމަލާތައް 25 ޕަސަންޓު އިތުރުވެއްޖެ
އިޒްރޭލުގެ އާންމުން ފަލަސްތީނު ރައްޔިތުންނަށް ދޭ ހަމަލާތައް 25 ޕަސަންޓު އިތުރުވެއްޖެ
ހިސޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އާންމުން ނުވަތަ ވަޒަންވެރިން ހިންގަމުންދާ ހަމަނުޖެހުންތައް 2025 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އިޒްރޭލު ސިފައިންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މިފަދަ ހަމަލާތައް ވަނީ 25 ޕަސަންޓު އިތުރުވެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު މި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް އުޅޭ ޔަހޫދީ އާބާދީތަކުގެ މީހުން ފަލަސްތީނު މީހުންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ޖިސްމާނީ ގޮތުން އަނިޔާކުރުމާއި، ފަލަސްތީނު މީހުންގެ މުދަލަށާއި ދަނޑުބިންތަކަށް ގެއްލުން ދިނުން ހިމެނެއެވެ. މިކަން މިގޮތަށް ހިނގާފައިވަނީ ގައްޒާގައި ހަނގުރާމަ ހިނގަމުންދިޔަ ދަނޑިވަޅެއްގައެވެ.

އިންޓަނޭޝަނަލް މުޖުތަމައުއިން މިފަދަ އަމަލުތައް ކުށްވެރިކުރި ނަމަވެސް، ހުޅަނގު އައްސޭރީގައި ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ. އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި ތިބެ، އެގައުމުގެ އާންމުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް