ދިއްދޫ ހޮޓާ ހުސްކުރަން ސިވިލް ކޯޓުން އެންގީ އެ ހޮޓާ ހިންގާ އިމާރާތުގެ ވެރިފަރާތާއި ހޮޓަލުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ މެދު އުފެދުނު ހިޔާލު ތަފާތުވުމާއެކު މައްސަލަ ޝަރިތަށް ހުށަހެޅުމުންނެވެ.
މި މައްސަލަ ހުށަހެޅި، ފަރާތުން ކޯޓުގައި ބުނީ، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި މިހާރު ތަން ހިންގަމުން އަންނަނީ އޭނާގެ ހުއްދަ ނެތި ކަމަށެވެ.
އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ތަން ހުސްކުރަން ވަގުތު ދިންނަމަވެސް، އެކަން ނުކޮށް، އިމާރާތް ބޭނުން ކުރަމުންދާ ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުންޏެވެ.
އެކަމަކު ހޮޓަލުގެ ވެރި ފަރާތުން ބުނަމުން އައީ ހޮޓާ ހިންގަނީ، އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް ކުރީ، ކުލި މުއްދަތު އިތުރުކުރަން އެއްބަސްވެފައިވާ ކަން ސާބިތުނުވާތީ ތަން ހުސް ކުރަން އަންގައެވެ. ތަން ހުސްކުރަން ދީފައި އޮތީ 15 ދުވަހެވެ.