ޖޭއެސްސީއަށް ހައިކޯޓުން ޝަފީއު މި ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރެއްވުމާއެކު މަހެއްހާ ދުވަހަށް އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.
ހައިކޯޓުން މިއަދު ޝަފީއު ޖޭއެސްސީއަށް އިންތިހާބު ކުރިނަމަވެސް، ޝަފީއު ޖޭއެސްސީއަށް އައްޔަން ކުރާނީ ރައީސުލް ޖުމްހޫރިއްޔާއެވެ.
2020 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ޝަފީއުއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ (އެލްއެލްބީ) ޙާޞިލުކުރައްވާ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ކޮމްޕަރޭޓިވް ލޯ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ 2020 އޮކްޓޫބަރު 04 ވަނަ ދުވަހުއެވެ. ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު ޝަފީޢު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޟީކަމަށެވެ.