ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
ރެކޯޑު އަދަދަކަށް ސިވިލް ކޯޓުން މިދިޔަ އަހަރު މައްސަލަތައް ނިންމައިފި
ސިވިލް ކޯޓުން މިދިޔަ އަހަރު 6،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް އެ ކޯޓުން ހާމަ ކޮށްފި އެވެ.
Advertisement

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމީ 2025 ވަނަ އަހަރު ކަން އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ނިމުނު 2025 ގެ ތަފާސްހިސާބުތައް ސިވިލް ކޯޓުން މިއަދު އާންމުކޮށްފައިވާއިރު، އެ ކޯޓަށް އެ އަހަރު 5،680 މައްސަލަ ހުށަހެޅި އެވެ. އެއީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު 10.46 ޕަސެންޓު އިތުރު އަދެދެކެވެ. 

ސިވިލް ކޯޓުގައި 2024 ވަނަ އަހަރު ރަޖިސްޓަރީކުރީ 5،142 މައްސަލަ އެވެ. 

މިދިޔަ އަހަރު ސިވިލް ކޯޓުން ޖުމްލަ 6،718 މައްސަލަ ނިންމާފައިވެ އެވެ. އޭގެ ކުރީގެ އަހަރު ނިންމާފައިވަނީ 5،432 މައްސަލަ އެވެ.

އެހެންކަމުން، އެއީ 23.68 ޕަސެންޓްގެ އިތުރުވުމެކެވެ. އެއީ ވަގުތީ އަމުރުތައް ފަދަ މައްސަލަތައް ނުހިމަނަ އެވެ.

މިއީ ސިވިލް ކޯޓުގައި މަސައްކަތްކުރާ 17 ގާޒީންގެ ތެރެއިން ކޮންމެ ގާޒީއަަކަށް 395 އަށް ވުރެ ގިނަ މައްސަލަ އެވެ.

އަދި ސިވިލް ކޯޓުގައި މިހާތަނަށް މައްސަލަތައް ހުށަހަޅައި، ބަލަނީ ކޭސް މެނޭޖުމަންޓު ސިސްޓަމުން ބޭރުން ނުވަތަ މެނުއަލްކޮށެވެ. 

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިޖުރާއީ ނިންމުމާއި އިހުތިސާސްއާ މެދު 126 މައްސަލައެއްގައި ގޮތް ނިންމާފައިވެ އެވެ. 

އަދި ވަގުތީ އަމުރުތަކާ މެދު 166 މައްސަލައެއްގައި ގޮތް ނިންމާފައިވެ އެވެ. އޭގެ ކުރީގެ އަހަރު އަމުރާ ގުޅޭގޮތުން ނިންމާފައިވަނީ 103 މައްސަލަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް