ads
ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު
ޓިކްޓޮކްގައި މަޝްހޫރުވި އަމްޖޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ
ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
Advertisement

ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް މިއަދު ނިޔާ ވެއްޖެ އެވެ.

އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް އަދި ސާފެއް ނުވެ އެވެ.

ބޯޓެއްގައި މަސައްކަތް ކުރަމުދިޔަ އަމްޖު ނިޔާވެފައި ވަނީ ތިލަފުށީގައި މަސައްކަތް ކުރަން އުޅެނިކޮށް ހަބަރު ހުސްވެގެން ވެއްޓީފައި އޮއްވާ ފެނިގެން، އައިޖީއެމްއެޗްއަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ. 

އަމްޖޭއަކީ ޓިކްޓޮކްގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. ވަރަށް ގިނަ ލައިވްތަކުގައި އޭނާ ދައްކާ ވާހަކަތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ. އަދި ބައެއް ވާހަކަތަކަށް ފާޑުކިޔުން ވެސް އަމާޒުވެ އެވެ.

އަމްޖު ނިޔާވިއިރު އޭނާ އުޅުނީ ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ހަބީބާ އާ ކައިވެނި ކޮށްގެންނެވެ. އަދި އެހެން މީހަކާ ކުރި ކައިވެންޏަށް އޭނާގެ ދަރިއަކު ވެސް ހުރެ އެވެ. 


31%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް