ރާއްޖޭން ބޭރުގައި ބަހައްޓާ ދެ ފޮށީގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރާއި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯ ފިޔަވައި އެހެން ބޭރުގެ އެއްވެސް ތާކު ވޯޓު ފޮށްޓެއް ނުބައްޓާނެއެވެ.
މީގެ ކުރިން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިޔާގެ ޓްރިވެންޑްރަމް، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 621 ވޯޓް ފޮށި ބަހައްޓަން ނިންމާ ފޮށިތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުންވަނީ އާއްމުކޮށްފަ އެވެ.
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެވެ.