ads
ސަފީރު މަސްއޫދު އަދި ލަންކާގެ ރައީސް
ދޮންމަންމައިން ކަންކުރާހެން ދިވެހިންނާއި މެދު ކަންކޮށްގެން ނުވާނެ: މަސްއޫދު އިމާދު
ލަންކާގެ އިމިގްރޭޝަނުން ދޮންމަންމައިން ކަންކުރާހެން ލަންކާ އަށް ދާ ދިވެހިންނާއި މެދު ކަންކޮށްގެން ނުވާނެ ކަމަށް އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އެމްބެސެޑަރު މަސްއޫދު އިމާދު ވިދާޅުވެއްޖެ އެވެ.
Advertisement

ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވި ގޮތުގައި ދިވެހިން ލަންކާގެ ވިސާ ހޯދުމަށްޓަކާއި އިމިގްރޭޝަންގައި ހެދުނު ނުވައެއް ޖެހީން ސުރެ ހަވީރު ފަހެއް ޖަހަންދެން ބޮޑެތި ކިއުތަކުގައި މަޑުކުރަން ޖެހޭ ކަމަށާއި އިމިގްރޭޝަނުން ގަބޫލު ކުރަން ޖެހޭ ކަމަކީ ދިވެހިންނަކީވެސް ހަމަ އެ ގައުމަށް ދަތުރުކުރާ "ދޮން މީހުން" ހެން ހަމަ ބިދޭސީން ކަމުގައި ކަމަށެެވެ. 

"އެއްގޮތަކަށް ވެސް ނޭނގޭ ލަންކާއަށް އަންނަ ދޮން މީހުން އެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި ބަލަނީ ކީއްވެ ކަމެއް،" މަސްއޫދު ވިދާޅުވި ކަމަށް އެ ނޫހުގައި ލިޔެފައި ވެއެވެ.

އޭނާ އިތުރަށް ފާހަގަ ކުރިގޮތުގައި ދިވެހި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން އަމިއްލައަށް ވިސާ ހޯދަން އެޕްލައި ކުރާއިރު ވިސާ ހޯދުމަށް ގިނަ ފަހަރަށް އެ ޑިޕާޓްމަންޓުގައި އެތަށް އިރެއްް ވަންދެން މަޑުކުރަން ޖެހޭ ކަމުގައި އެވެ. 

މިއާ ހިލާފަށް ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާއަށް އެދޭއިރު، އެއްވެސް އުނދަގުލަކާ ނުލައި ވަގުތުން ވިސާ ލިބެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ. 

ހައިކޮމިޝަނަރު ތުހުމަތު ކުރެއްވި ގޮތުގައި ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާއަށް އެދި ހުށަހަޅާއިރު އެ ޑިޕާޓްމަންޓުގެ ތެރޭގައި ތިބި އޮފިޝަލުންނަށް ރިސްވަތުދޭ ކަމުގައި އެވެ. 

އިމާދު ވިދާޅުވީ ދިވެހިން ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާއަށް އެދޭއިރު އިތުރު ފީއެއް ދައްކަން ޖެހޭ ކަމުގައި އެވެ. 

ހައިކޮމިޝަނަރު ވިދާޅުވީ ލަންކާއަކީ ތައުލީމާއި ސިއްހީ ހިދުމަތް ހޯދަން ބޭނުންވާ ދިވެހިންގެ އެންމެ ރަނގަޅު އަދި އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ޒަމާނުއްސުރެ ބެލެވިފައިވީ ނަމަވެސް މި ހާލަތު ހަލުވިކަމާއެކު ބަދަލުވަމުންދާ ކަމުގަ އެވެ. 

ލަންކާ އެމިގްރޭޝަން އަދި އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން ދިވެހިންނައް ފާޑުކިޔައި ހަޖޫޖަހާ ހަދާކަމަށާއި ދިވެހިންނާ މެދު ވަރަށް ބޮޑަށް ތަފާތު ކުރަމުން އަންނަ ކަމުގައި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަސްޓަމްސް ޑިޕާޓްމަންޓުގެ ސީނިއާ އޮފިޝަލަކު ޗުއްޓީއަކަށް ކޮލަމްބޯއަށް ދަތުރުކުރި ކަމަށެވެ. އަދި އޭނާ އެ ޗުއްޓީއަށް ލަންކާއަށް ދިއުމުން އޭނާ އާއި ދޭތެރޭ ކަންކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް އިމާދު ވިދާޅުވި އެވެ. އިމާދު އެ އޮފިސަލް ވަނީ ބަންދު ކޮޓަރިއަކަށް ވައްދާ ސުވާލުކޮށްފައި ކަމުގައި އެވެ. 

މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް