ads
މަޑޫރޯ އަދި އޭނާގެ އަންހެނުން ކޯޓަށް ހާޒިރު ކުރުމުގެ ތެރެއިން
އަހަރެން މި ވަނީ ކިޑްނެޕްކޮށްފަ: މަޑޫރޯ
އޭނާ ވަނީ ކިޑްނެޕް ކުރެވިފައި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކަލޮސް މަޑޫރޯ ބުނެފި އެވެ.
Advertisement

އޭނާ އެހެން ބުނީ އޭނާ އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމް ހަމަލާތައް ދޭން ރޭވުން ފަދަ ގިނަ ދައުވާތަކެއް ގެ އަޑު އެހުމަށް މެންހޭޓަންގެ ކޯޓަށް ހާޒިރު ކުރުމުންނެވެ. 

އޭނާ އިތުރަށް ފާހަގަ ކުރިގޮތުގައި ކަރާކަސްގައި ގޭގައި ހުއްޓައި ޖެނުއަރީ 3 ވީ ހޮނިހިރު ދުވަހު ވަނީ ރަހީނު ކޮށްފައިވާ ކަމުގައި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރިވިގެންދާ މި ދައުވާތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ދައުވާތަކެއް ކަމުގައި އެވެ. 

މެންހޭޓަންގެ ކޯޓުން ވަނީ އޭނާ އަދި އޭނާގެ އަންހެނުން އެމެރިކާގެ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި އެވެ.

އަދި އިތުރު އަޑުއެހުމެއް މި އަހަރުގެ މާޗު 17 އަށް ތާވަލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މަޑޫރޯ އަދި އޭނާގެ އަންހެނުން މިނިވަން ކުރުމަށް ގޮވާލައި ވެނެޒުއޭލާގައި ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނިކުމެފައި އެވެ. 

ގަދަކަމުން އެމެރިކާ އަށް ގެންދިޔަ މަޑޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ވެސް ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.

މަދޫރޯގެ މަސްއޫލިއްޔަތުތަކާ ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގަނެ، ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ.

ރައީސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރޮޑްރީގޭޒް ވަނީ އެމެރިކާއާ އެކު، މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް