ads
އަޒާން
ޖުވާ ކުޅެގެން މުއްސަދިވި މީހަކަ އަދި ދިމާނުވޭ: އަޒާން
ޖުވާ ކުޅެގެން މުއްސަދިވި މީހަކަ އަދި ދިމާނުވާ ކަމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.
Advertisement

ޖުއާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ހުށަހެޅި އިސްލާހަށް މިއަދު ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ އަބަދުވެސް ދިމާވަނީ ޖުވާ ކުޅުމުގެ ސަބަބުން ހަޔާތް ބަރުބާދުވެފައިވާ މީހުންނާއި ކަމުގަ އެވެ. 

އަޒާން އިތުރަށް ފާހަގަ ކުރެއްވިގޮތުގައި ޖުވާކުޅުން މިހާރު ރާއްޖޭގައި ވަނީ ވަރަށް އާންމުކަމަށް ވެފައި ކަމަށާއި ޖުވާ ކުޅުމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ގެއްލިގެން ދާ ކަމުގައި އެވެ. 

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތަކުންވެސް ފެނިގެން ދަނީ ޖުވާ ކުޅުމުގެ ސަބަބުން ޕްރޮޑަކްޓިވިޓީ ވަރަށް ބޮޑަށް ދަށްވެގެން ދާކަން. އަދި ޖުވާ ކުޅުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހެނީ މެދު ފަންތީގެ އަދި ދަށް ފަންތީގެ އާމްދަނީ ލިބޭ ފަރާތަކަށް." އަޒާން ވިދާޅުވި އެވެ

ރާއްޖޭގެ ޒުވާނުންގެ މެދުގައިވެސް ގަބޫލު ކުުރެވިފައިވަނީ އަވަހަށް މުއްސަދިވެވޭނެ ކޮންމެވެސް ގޮތެއް ހޯދަން ޖެހިފައިވާ ކަމަށް ކަމަށާއި އެހެން ކަމުން އަވަހަށް މުއްސަދިވުމަށް ޖުވާ އަދި އެ މާނަ އަށް ފެތޭ ކަންކަން ކުރުމުން އަންނަކަން އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ. 

އޮންލައިންކޮށް ޖުވާ ކުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވުމުން އެކަމަށް ވަރަށް ގިނަ ބަޔަކު ދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ.

މި ގެނެވުން އިސްލާހާއި އެކު މިފަދަ އޮންލައިން ޕްލެޓް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ ކަމަށް ފާހަގަ ކުރައްވަމުން އަޒާން ވިދާޅުވީ މި އިސްލާހާއި އެކު ރާއްޖޭގައި ކުރިޔަށް އޮތް ޖީލު ވަރަށް ނުބައި އާދައަކުން ސަލާމަތް ވެގެން ދާނެ ކަމުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް