ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލުމަކީ ގޯހެއް: ޔާމީން
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
Advertisement

ޔާމީން މިހެން ވިދާޅުވެފައި މިވަނީ ދެ އިންތިހާބު އެއްކޮށްލުމަށާއި އެކަމަށް ދައުރު ފެއްތުމުގެ ގޮތުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަކީ އެކަކު އަނެކެއްގެ މައްޗަށް ފާރަވެރިވާ ދެ ބާރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ.

ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަައް ވަޒަންކޮށްލަން ރައްޔިތުންނަށް ވެސް ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް ނަމަވެސް މި ދެ އިންތިހާބު އެއްކޮށްލުމުން ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް އިންތިހާބު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ހަރަަދަށް ބެލުމަށް ވުރެ، އެއަށް ވުރެ މާ ބޮޑު މަސްލަހަަތެއް މި ފުށޫއަރައިގެން ގެއްލިގެން މިދަނީ، އެހެންވީމަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރައިސޫލްޖުމްހޫރިއްޔާ އިންތިހާބާ އެއްކޮށްލުމުގައި އަޅުގަނޑަށް ހަމަ ބޮޑެތި ގޯސްތައް ފެނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެ އިންތިހާބު އެއްކޮށްލައި، އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ނަަމަވެސް، ނަޝީދު ވެސް ނިސްބަތްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ، ސަރުކާރުން ގެންނަ ބަދަލާ ގުޅޭ ގޮތުން ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް