ads
މިޑްޓާމް އިލެކްޝަނަށް ޖާގަ ދޭން އެދޭ ރާއްޖެ އިން ގޮވާލައިފި
މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ނުކުރެވުނު ކަމަށާއި ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" ޖާގަ އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން ގޮވާލައިފި އެވެ.
Advertisement

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން މަޖިލީހަށް މިއަދު ހުށައެޅިއިރު، ރައްޔިތުންގެ މަޖިލިސް އަލުން ތަރުތީބު ކުރުމާއިއެކު އިންތިހާބީ ނިޒާމް އިސްލާހުކޮށް އަދި ދައުރުގެ މެދުން އިންތިހާބެއް ބޭއްވުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ގޮވާލި ބައެއް ކަންކަމުގެ ތެރޭގައި:

1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް

ނަތީޖާ:

ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން

2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް 

ނަތީޖާ:

ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން  

3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމާ އެކު އިންތިހާބީންގެ މައްޗަށް ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް 

ނަތީޖާ:

މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ ކަމަށް ކުރާ ތުހުމަތުތަކަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންމެ ބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް