ads
މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލަން ތާއީދު: ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ.
Advertisement

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދެ އިންތިހާބު އެއްކޮށްލުމަށާއި އެކަމަށް ދައުރު ފެއްތުމުގެ ގޮތުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އެމްޑީޕީން ނިންމާފައި ނުވެ އެވެ. ބެލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް އެ ޕާޓީން ތާއީދެއް ނުކުރާނެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅިއިރު، ރައްޔިތުންގެ މަޖިލިސް އަލުން ތަރުތީބު ކުރުމާއިއެކު އިންތިހާބީ ނިޒާމް އިސްލާހުކޮށް އަދި ދައުރުގެ މެދުން އިންތިހާބެއް ބޭއްވުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.

އެގޮތުން:

1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް

ނަތީޖާ:

ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި

ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން

2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް 

ނަތީޖާ:

ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން  

3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށާއި އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް 

ނަތީޖާ:

މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް