ads
ޔަމަނުގައި ހަމަޖެހުން ގާއިމްކުރުމުގެ މަޝްވަރާއަށް ރާއްޖެއިން މަރުހަބާ ކިޔައިފި
ޔަމަނުގައި ހަމަޖެހުން ގާއިމްކުރުމަށް ބާރުއެޅުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި އެކަމުގެ މަޝްވަރާތައް ކުރުމަށް ކޮންފަރެންސް ބޭއްވުމަށް ސައުދީއިން އިސްނެގުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.
Advertisement

ޔަމަނުގެ އެއްބައިވަންތަކަމަށާއި ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދުކޮށް ރާއްޖޭން މިއަދު ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޔަމަނުގެ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށެވެ.

މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލުން ނިންމާފައިވާތީ އާއި ސައުދީގެ ވެރިރަށް ރިޔާދުގައި ވާހަކަތައް ކުރިއަށް ގެންދަން އެ ގައުމުން އިސްނަގާފައި ވާތީ އެކަމަށް ވެސް މަރުހަބާ ކިޔާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ އިސް ނެގުމަކީ މަޝްވަރާކޮށްގެން ހައްލުތައް ހޯދައި، ޔަމަނަށް ސުލްހަ އާއި ހަމަޖެހުން ގެންނަން ސައުދީން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. 

ޔަމަނުގެ ދާހިލީ ހަނގުރާމައަކީ 2011 ވަނަ އަހަރު ފެށުނުގެ އިހުތިޖާޖުތަކާ ގުޅިގެން އެ ގައުމުގެ މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަންޢާ ހިފުމާ ގުޅިގެން ފެށުނު ހަނގުރާމަ އެކެެވެ. 

ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދުން މި ހަނގުރާމައިގެ ތެރެއަށް ވަނުމުން ހަމަނުޖެހުންތައް އިތުރަށް ހޫނުވެގެން ގޮސްފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ ބޮޑު ބައެއް ބޮޑު ބަޑުހައިހޫނުކަމެއްގެ ތެރެއަށް ވެއްޓި، ދުނިޔޭގެ ތާރީހުގައިވެސް ކުރިމަތިވި ކޮލެރާ ބަލީގެ އެންމެ ނުރައްކާތެރި ވަބާ އެ ގައުމުގައި ފެތުރިގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް