ads
ހަވާސް ބޯޓު
ދިޔަވަމުންދިޔަ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދީފި
ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ނާއި ދިވެހި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފި އެެވެ.
Advertisement

ފުލުހުން ބުނީ، މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރަނިކޮށް، "ހަވާސް" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ، މިއަދު 12:21 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާ އެއްކޮށް، އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި މިހާރު ފުވައްމަލަކަށް އެ ބޯޓު ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި، ބޯޓުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ "ހަވާސާ" ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު މިއަދު 12:23 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

އެގޮތުން އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުކަމަށާއި، މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ސަރވިސްއިންވެސް ވަނީ ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ބޯޓުގައި ޖުމުލަ 17 މީހުން މިއަދު ދަތުރުކުރިއެވެ. ބޯޓުގެ ކައްޕި ޝާހު ބައެއް މީޑިއާތަކަށް ބުނި ގޮތުގައި، އެއީ ހަ ކުރޫއިންނާއި ނުވަ ފަސިންޖަރުންނާއި ކައްޕިއާއި ކޭޝިއަރެވެ. އެއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

މި ބޯޓުން ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔައިރު, ކުޑަ ވެސް ގެއްލުމެއް ލިބުނީ މަދު ކާޑުގެ ބާވަތްތަކަކަށް ކަމަށް ވެސް ޝާހު ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް