އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ، އުމުރުން 62 އަހަރުގެ ނިމާލް އައިޖީއެމްއެޗަށް ބަދަލުކުރި ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސްކޮށްފައިވާ ނިމާލް އަކީ އެ ދާއިރާގައި ގިނަ ކާމިޔާބީތަކެއްވެސް ހާސިލްކޮށްފައިވާ ފަންނާނެކެވެ.
ދިވެހި ފިލްމު "ނުފޫޒު"ގެ ތެރެއިން 1984 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ނިމާލަށް ވަނީ އެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިފަ އެވެ.