ads
އީސީގެ މައި ޕޯޓަލް
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ!
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފި އެވެ.
Advertisement

އިލްކެޝަން ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގައި މަސްއޫލިއްޔަތު އަދާކުރާ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ފިޔަވައި އާންމު މެމްބަރުން އެ ޕާޓީތަކުން ވަކިވާން ބޭނުންވެގެން އީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ވަގުތުން ވަކިވެވޭނެ ކަމުގައި އެވެ.

އެ ކޮމިޝަން އިން ފާހަގަ ކުރިގޮތުގައި އިސް މަގާމުތައް ހޮވާފައިވާ މެމްބަރުންނާއި މަޖިލިސް މެމްބަރުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް މިހާރު އެ ފުރުސަތު އޮންނާނެ ކަމަށާއި އިތުރު އެއްވެސް ޕްރޮސެސްއެއް ނެތި އާންމު މެމްބަރުންނަށް މިހާރު ވަގުތުން ޕާޓީތަކުން ވަކިވެވޭނެ ކަމުގައި އެވެ. 

ސިޔާސީ ޕާޓީއަކުން ވަކިވާން ބޭނުން ނަމަ ހުށަހަޅަން ޖެހެނީ އިލެކްޝަން ކޮމިޝަންގެ ޕޯޓަލް އަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. 

ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދިނުން އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެ ކަމަށް އީސީ ބުނެ އެެެވެ 

ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ވަނީ ބަދަލުގެނެވިފައި ކަމަށާއި އެހެންނަމަވެސް ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަގާމުން ވަކިވުމަށް ހުށަހަޅަންވާނެ ކަމަށް އީސީން ވަނީ ބުނެފައި އެވެ.

ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކިވާނެ ކަމަށް އީސީން ފާހަގަ ކުރި އެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް