ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
މުޅިން އަލަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ރާއްޖޭގައި މުޅިން އަލަށް ވުޖޫދަށް ގެނައި ޒަކާތް ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.
Advertisement

ރައީސްގެ ގަރާރަކުން ޒަކާތު ހައުސް އުފެއްދެވީ، 18 ޑިސެންބަރު 2023ގައެވެ. މިއަދު، އިސްލާމިކް މިނިސްޓްރީގެ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކުރެއްވުމުން، ކުރިން އޮތް ޒަކާތު ހައުސްވަނީ އުވާލައިފަ އެވެ.

މިދިޔަ ޑިސެމްބަރު ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އެ މަހުގެ ހަ ވަނަ ދުވަހު އެވެ. ޒަކާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އަށް އަމަލުކުރާނީ 1 ޖެނުއަރީ 2026 އިން ފެށިގެންނެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ރައީސް މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ކަނޑައަޅުއްވައި އެ އިދާރާ އަލުން އުފައްދަވައިފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ޒަކާތުގެ ގާނޫނުގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށެވެ.

ޒަކާތާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޒަކާތުގެ ފައިސާ ހައްގުވެރިންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް