ads
2026 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ ޓޯމަސް އެންޓްރެސް ހެލްވެގާރް އަދި އޭނާގެ އަންހެނުން
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފި
2026 ވަނަ އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންނައް އެމްއޭސީއެލުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
Advertisement

މިއަދު އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރު ރާއްޖެއަށް އައި އެންމެ ފުރަތަމަ ފަތުރުވެރިޔާ އަކީ ޓޯމަސް އެންޓްރެސް ހެލްވެގާރް ކަމުގައި އެވެ. 

އޭނާ އަދި އޭނާގެ އަންހެނުންނައް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. 

އެމްއޭސީއެލްގެ އެ ޕޯސްޓުގައި ވަނީ އާ އަހަރަކާއި ގުޅިގެން ރާއްޖެގައި އާ ތަޖުރިބާތަކެއް ކުރުމަށް އޭނާ ރާއްޖެއަށް މަރުހަބާ ކިޔާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ކުރިން ވިދާޅުވީ 2026 ވަނަ އަހަރު ރާއްޖޭއަށް 2.4 މިލިއަން އަށް ވުރެން ގިނަ ފަތުރުވެރިން ގެނެއުމަށް އަމާޒު ހިފާފައި ވާ ކަމަށެވެ. 

އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ގިނަ ކަންކަން ކުރަން ނިންމާފައިވާ ކަމަށް ވެސް ތާރިގު ވަނީ ވިދާޅުވެފައި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް