ads
އަހުމަދު އަޒްމީލް43,
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ، މިރޭ އިޝާ ނަމާދަށް ފަހު
މިދިޔަ މަހުގެ 26ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި, ލިބުނު ގެއްލުންތަކަށް ފަރުވާ ދެނިކޮށް ނިޔާވި, ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

ވަރަށް ބޮޑަށް ފިހުމުގެ ސަބަބުން, ތައިލޭންޑްގެ ބެންކޮކުން ފަރުވާ ދެމުން ދަނިކޮށް, މިދިޔަ ބުރާސްފަތި ދުވަހު ނިޔާވީ, ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި, އަހުމަދު އަޒްމީލް (ޗީފް), 43, އެވެ. އޭނާ ސްޓެލްކޯގައި މަސައްކަތް ކުރާތާ 21 އަހަރަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ.

އަޒްމީގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގަ އެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ.

އަޒްމީލް ނިޔާވިއިރު އަންބަކާއި ދެ ކުދިން ތިބެ އެވެ. އަދި އަނބިމީހާ މިހާރު އިނީ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ.

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް