ރާއްޖޭގެ އެންމެ އަަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާ އަކީ މި ހިދުމަތް ފެށި ދެވަނަ ގައުމެވެ. ދިވެހި އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަށް އެންމެ ފުރަތަމަ ފެށީ މެލޭޝިއާގަ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އިން ބުނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިހާރު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމާއި ގުޅިގެން އެ ގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެން ދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތަކީ ރަށްރަށުން ގިނަ ބަޔަކު އެދެމުން އައި ކަމެކެވެ. މިހާރު ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑުގެ ހިދުމަތާއި ފާސްޕޯޓުގެ ހިދުމަތް ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެކަން ވަނީ ފުރިހަމަ ފާހަގަކޮށްފި އެވެ.