ads
މިނިސްޓަރުންނާއި އެމްޑީން މަސްކެނޑުމުގައި
މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީން މަސްކެނޑުމުގައި
މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީންގެ މެދުގައި މަސްކެނޑުމުގެ މުބާރާތެއް ބާއްވައިފިއެވެ.
Advertisement

މި މުބާރާތް ބާއްވާފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ރ . ދުވާފަރުގައި ބޭއްވި ހަރަކާތްތަކުގެ ތެެރޭގައެވެ. 

your imageވަޒީރުންނާއި އެމްޑީންގެ މަސްކެނޑު ރައީސްގެ ދެ ކަނބަލުން ބައްލަވާލައްވަނީ

ރ. ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ ހާއްސަ ބައެއްގެ ގޮތުގައި ގެންދިޔަ ބައިގައި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އެމްޑީން ވަނީ މަސްކަނޑާފައެވެ. އެގޮތުން މި ބައިގައި ބައިވެރިވި ވާޒީރުންނަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި، ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ. 

your imageމަސްކެނޑުމުގެ މުބާރާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބުރާހިމް ޝަރީފް

ކުންފުނިތަކުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބުރާހިމް ޝަރީފާއި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ ބައިވެރިވިއެވެ. 

your imageމަސްކެނޑުުމުގެ މުބާރާތުގައި އެމްޓީސީސީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އޭގެތެރޭގައި މަސް ކެނޑުމުގެ މުބާރާތަކާއި، މަސް ބޭނުމާއި، މަސް ކެއްކުމުގެ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް