ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިސާ އިންފިނިޓް ކާޑު ތައާރަފްކޮށްދެއްވަނީ. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްއިން ވިސާ އިންފިނިޓް ކާޑު ރާއްޖެ އަށް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓުގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު މިއަދު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
Advertisement

ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު ތައާރަފްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވިސާ އިންފިނިޓް ކާޑު ލިބޭނީ ބީއެމްއެލް އިން ބުނި ގޮތުގައި މަހެއްގެ މައްޗަށް މަދުވެގެން 127،000ރ. ގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުންނަށެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ފަރާތުން މެޓަލް ކާޑެއް ތައާރަފު ކުރުމާ ގުޅިގެން، އެ ބޭންކުން ބުނީ، އެއީ ރާއްޖެ އަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ދިވެހި މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފު ކުރުމަށް އެ ބޭންކުން ދޭ އަހުމިއްޔަތު އަލަށް އިފުތިތާހުކުރި ވިސާ ކާޑުން ހާމަކޮށްދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ ލަގްޒަރީ ގިނަ ހިދުމަތްތަކެއް ލިބޭނެ ކާޑެއް ކަމަށް ވިދާޅުވި އެވެ.

ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސްއާއި، އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިހިދުމަތްތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި:

  • ފާސްޓް ޓްރެކް އިމިގްރޭޝަން
  • ޕާސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް
  • ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖުތަކަށް އެކްސެސް ލިބުން
  • ޕްރަޔޯރިޓީ ރިސަވޭޝަން ހިދުމަތްތައް
  • ޝެފް ޓޭބަލް އިވެންޓުތައް
  • އާޓް ޝޯ
  • ކޮންސާޓްތަކަށް ހާއްސަ އެކްސެސް
  • ހިލޭ ގޮލްފް ކުޅުން
  • ސްޕާގެ އެންމެ ފުރިހަމަ ހިދުމަތްތައް
  • އެލީޓް ކްލަބް މެމްބަޝިޕް
  • މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތައް
  • ފުޑް ޑެލިވަރީ
  • އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ހިދުމަތްތަކާއެކު، ޑިޖިޓަލް ހިދުމަތްތައް

ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން 2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފުކުރީ ވެސް ބީއެމްއެލްއިން ކަމަށާއި، މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ހަމައެއާއެކު ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާއެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް