ads
އިސްމާއިލް ޝައިހާން މުހައްމަދު
ޒުވާން ޝައިހާން އެދެނީ ދީލަތި އެހީ އަކަށް
މާލެ އަށް އުފަން އިސްމާއިލް ޝައިހާން މުހައްމަދު އަކީ އުމުރުން އެންމެ 24 އަހަރުގެ ޒުވާނެކެވެ. މާލެއަށް އުފަން ޝައިހާން ސްކޫލް ދުވަސްވަރުން ފެށިގެން ބަލިވާން ފެށިއެވެ. އަދި އެއް ބައްޔަށް ވުރެ ގިނަ ބައްޔަން މިހާރުވެސް ގެންދަނީ ފަރުވާ ކުރަމުންނެވެ.
Advertisement

އެގޮތުން ގޮހޮރުގައި ފާރު ހެދިފައި ހުރުމާއި، ނިއުރީ ބެސެޓް ސިންޑްރަމް، މަަސްތީނިޔާ ގްރޭވިސް ، ފައިބްރޯމަޔަލްޖިއާ ސިންޑްރަން، ޑައިބަޓީސް ޓައިޕް 2 އަދި އެޗްޓީއެން މިއީ މުޅިވެސް ޒުވާނާ ވަށާލާފައިވާ ބަލިތަކެވެ.

އޭނާގެ ހުޅުތަކާއި ސިކުނޑިއާއި ޓްރެކްޓް، ލޭ ހޮޅިތައް ބެދި ލޮލަށް ވެސް ތަފާތު މައްސަލަތައް ވަނީ ދިމާވެފައެވެ.

މިހުރިހާ ކަމެއްގެ ތެރެއަށް އިތުރުވީ އޭނާގެ ތުންފަތުގައި އުފެދުނު ކުޑަ ފާރުކޮޅެކެވެ. އެ ފާރުކޮޅު ކެންސަރަށް ބަލަދުވެ މުޅި އަނގައަށް ފެތުރި ޝައިހާން ދަނީ އެކަމުގެ ވޭން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންނެވެ. އަދި ރޭޑިއޭޝަން ނިންމުމަށްފަހު ތައިމޯމާ ސާރޖަރީ އަށް ދަނީ ތައްޔާރު ވަމުންނެވެ. އަދި 2022 ވަނަ އަހަރު ވަނީ ބަނޑުގެ ފަންޑޮޕްލިކޭޝަން ސަރޖަރީ އެއްވެސް ހަދާފައެވެ. 

ޝައިހާން ބުނީ އޭނާއަށް އެހީތެރިކަން ބޭނުންވަނީ ގަދަޔަށް ހުން އަންނަތާ 3 މަސް ދުވަސް ވެފައި ގޮހޮރުވެސް ފާރުވެފައި ވާތީ ކަމަށާއި އުކުޅު ވަޅާއި ގޮހޮރު ވަށައިގެން ގަނޑު ހުރުމުން ކަމުގަ އެވެ. 

ޝައިހާން އިތުރަށް ބުނީ ރާއްޖެގައި އޭނާގެ ބައްޔަށް ބޭނުންވާ ބޭސް ލިބުމަށް ދަތިވުމުގެ އިތުރުން ސިއްހީ ވަސީލަތްތަށް ވެސް ނެތުމުން އޭނާ ރާއްޖެއިން ބޭރަށް ބޭސް ކުރަން ދާން ޖެހިފައިވުމުން އޭނާއަށް މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމުގައި އެވެ. 

"އަންގައިގެ އޮޕަރޭޝަން 3 ބުރު ކުރުމުން ވެސް ހައްލެއް ނުވޭ އަދި މި އަހަރު ޖެނުއަރީ ގައި ޑޮކްޓަރު ބުނުއްވީ ލޭ ދައުރު ނުވޭ ކަމަަށް. އެހެންކަމުން އެޗްބީއޯޓީ ތެރަޕީ އެއީ ރޭޑިއޭޝަން ހަދަން ޖެހޭ. އެޗްބީއޯޓީ ތެރަޕީ އަކީ ގިނަ ދުވަސް ތަކެއް އެކޮޅުގައި ހުންނަން ޖެހޭ ފަރުވާއެއް ކަމުންނާއި އަސަންދަންއިން އެގްރީމަންޓްއެއްގެ ދަށުން މަނިޕަލް އަށް ގޮސްފައިވާތީ ކޮންމެވެސް ވަރެއް ކަމަށް ކަވަރު ކޮށްދޭނީ ބުނި" ޝައިހާން ބުނި އެވެ

އާސަންދަ ހަމަޖެހިފައިވީ ނަމަވެސް އިންޑިއާއަށް ގޮސް ތިބުމާއި ކުރަން ޖެހޭ އެހެނިހެން ހަރަދުތަކަށް ޝައިހާންއަށް ތިބޭފުޅުންގެ ދީލަތި އެހީ ބޭނުން ވެއެވެ. 

މައުލޫމާތު ހޯދުމަށް ގުޅާނެ ނަމްބަރަކީ 9710023 ނޫނީ 7866253 އަށެވެ.

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރު ތަކަށް ފައިސާ ފޮނުއްވޭނެ:

-----------------------------------------------------------------------------------

އިސްމާއިލް ޝައިހާން މުހައްމަދު (ރުފިޔާ) : 7730000268642 (ބީއެމްއެލް)

އިސްމާއިލް ޝައިހާން މުހައްމަދު (ޑޮލަރު) : 7730000430149 (ބީއެމްއެލް) 

------------------------------------------------------------------------------------

އިސްމާއިލް ޝައިހާން މުހައްމަދު (ރުފިޔާ) 9040310124951000 (އިސްލާމިކް ބޭންކް)

އިސްމާއިލް ޝައިހާން މުހައްމަދު (ޑޮލަރު) 9040310124952000 (އިސްލާމިކް ބޭންކް)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް